ޚަބަރު ސިޔާސީ

20 އަހަރަށް ފަހު އަސްލަމަށް ނާކާމިޔާބީ، ގޮނޑި ގެއްލިއްޖެ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް/ ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރެއްވި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއަށް މިފަހަރު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެވި ކަޓައިފިއެވެ.

Ads by Hajj Corporation

މިއަދު ކުރިއަށް ދިޔަ 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޖުމްލަ ހަތް ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ގޮނޑި ކާމިޔާބު ކުރެއްވީ، ޕީއެންސީ/ޕީޕީއެމް އިން ވާދަކުރެއްވި  ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ. ސިނާން އާއި އެންމެ ގާތަށް ވޯޓު ލިބިފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަސްލަމް އަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ދާއިރާގެ 7 ގޮނޑީގައި ވެސް މިހާރު ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ. އެކަމަކު، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް އައްޑޫއަށް އެއް ގޮނޑި ވަނީ އިތުރުކޮށްފައެވެ. އަދި 8 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް މި ފަހަރު ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ.

މިދިޔަ ނޮވެންބަރު މަހުން ފެށިގެން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަސްލަމް ވަނީ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!