ދުނިޔެ

މޯދީގެ ޓްވިޓަރ ހޭންޑަލް ހެކްކޮށް، ވަގު އެކައުންޓަކަށް ލާރި ޖަމާކޮށްދެން އެދިއްޖެ

އާއިޝަތު އަލީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދެރަ މޯދީގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފިއެވެ.

Ads by WAMCO

"ބީބީސީ" އިން ބުނެފައިވަނީ، ހެކްކޮށްފައިވަނީ އިންޑިއާގެ ބޮޑު ވަޒީރުގެ ރަސްމީ ޓްވިޓަރ އެކައުންޓް ކަމަށާއި މިއެކައުންޓަކީ، އެމަނިކުފާނުގެ ރަސްމީ ވެބްސައިޓްގައި ޝާއިއު ކުރާ ޚަބަރުތަކާއި ޕޯސްޓްތައް ޓްވީޓް ކުރާ ހޭންޑަލްއެއް ކަމަށެވެ. މި އެކައުންޓް 2.5 މިލިޔަން މީހުން ފޮލޯ ކުރަމުން އަންނައިރު، ރޭ މިއެކައުންޓްއިން ވަނީ ވަގު ރިލީފް ފަންޑަކަށް ފައިސާ ޖަމާ ކޮށްދިނުމަށް އެދި ޓްވީޓްތަކެއް ކޮށްފައެވެ.

ޓްވިޓަރ އިން ބުނެފައިވަނީ، މިފަދަ މައްސަލައެއް ފެންމަތިވެފައިވާ ކަމަށާއި މިހާރު ތަޙްޤީޤް ކުރަމުން އަންނަ ކަމަށެވެ. ފައިސާ ޖަމާކޮށްދިނުމަށް އެދި ކުރި ޓްވީޓްތައް މިހާރު ވަނީ ޑިލީޓްކޮށްލާފައެވެ.

ހެކްވެފައިވަނީ މޯދީ ރަސްމީ ކަންކަމުގައި ބޭނުން ކުރަމުން އަންނަ އެކައުންޓެވެ. މޯދީ އާއްމުކޮށް ޓްވީޓްކޮށް ހައްދަވަނީ އޭނާގެ އަމިއްލަ ޓްވިޓަރ ހޭންޑަލްއިންނެވެ. އޭނާގެ އަމިއްލަ ޓްވިޓަރ ހޭންޑަލްއަށް ޖުމްލަ 61 މީހުންނަށް ވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ.

މޯދީގެ އެކައުންޓްއިން ކުރި މި ޓްވީޓްއާ ގުޅިގެން ގިނަ އަދަދެއްގެ ފައިސާ އެ ވަގު އެކައުންޓަށް ޖަމާވާނެ ކަމަށް ލަފާ ކުރެވެއެވެ.

މީގެ ދެމަހެއް ކުރިން، މަޝްހޫރު ބައެއް މީހުންގެ ޓްވިޓަރ އެކައުންޓްތަކަށް ވަނީ މިފަދަ އެޓޭކް ތަކެއް ކުރިމަތި ވެފައެވެ. އެ މައްސަލަ އެމެރިކާގެ އެފްބީއައި އިން ދަނީ ތަޙްޤީީޤް ކުރަމުންނެވެ. އެކަން ހިނގާފައިވަނީ ހެކަރުން ޓްވިޓަރގެ މެއިން ސާވަރ ފްރޭމް ހެކް ކޮށްގެން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!