Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްގެންދަން ކޯރަމް ހަމައެއް ނުވި!

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްގެންދަން ކޯރަމް ހަމައެއް ނުވި!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭ ވަރަށް މެންބަރުން ހާޒިރުނުވުމުން ޖަލްސާ ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ލައިވް ފަށާފައިވަނީ ވެސް ފަށަން ހަމަޖެހިފައި އޮންނަ ގަޑި ކަމަށްވާ 09:00ގެ ބައި ގަޑިއިރު ފަހުންނެވެ.

9:30 ގައި ލައިވް ފެށުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވާތީ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރޯދައާއި އީދު ބަންދުގެ އިތުރުން މަޖިލިސް އިންތިހާބަށްްފަހު ޖަލްސާތައް ފެށީ އިއްުޔެ އެވެ. އިއްުޔެގެ ޖަލްސާއަށް ކޯރަމް ހަމަވެ މައްސަލަތައް ކުރިއަށް ވެސް ގެންގޮސްފައިވެއެވެ.

ނަމަވެސް ބައެއް މެންބަރުން ވަނީ މި މަޖިލީހުގެ ގިނަ މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފައިވާތީ، މައްސަލަތައް މަޑުޖައްސާލަން އެދިފަ އެވެ.

މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ އަންނަ މަހުގެ 13 އަށެވެ. އާ މަޖިލިސް ހުވާ ކުރާނީ މެއި 28 ގަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް