ޚަބަރު

އެހީގެ ގޮތުގައި މިދިޔަ މަހު ޒަކާތް ހައުސްއިން 8 ލައްކަ އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މިދިޔަ މަހު 800،000 އަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

Ads by Hajj Corporation

އެ އިދާރާއިން އާންމުކޮށްފައިވަ މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެހީގެ ގޮތުގައި 59 މީހަކަށް ޖުމްލަ 878،682.88ރ. ވަނީ ހަރަދުކޮށްފައެވެ. ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ 685،026.19ރ. އެވެ.

އެހީ ދެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކެންސަރު, ހިތުގެ އޮޕަރޭޝަން, ސިކުނޑީގެ އޮފަރޭޝަން އަދި ޓްރާންސްޕްލާންޓެވެ. އެގޮތުން ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް އެހީގެ ގޮތުގައި 190.822.59ރ. ދީފައިވާއިރު ހިތުގެ އޮޕަރޭޝަންތަކަށް 8,481.00ރ. ދީފައިވެއެވެ. އަދި ޓްރާންސްޕްލާންޓް ހެދުމަށް 25,433.00ރ., ސިކުނޑީގެ އޮޕަރޭޝަންތަކަށް 180,407.19ރ. ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން އެހެނިހެން ކަންކަމަށް 279,872.50 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 17,207.65ރ. ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހާއްސަ ހާލަތްތައް މެދުވެރުވެގެން ހާލުގައި ޖެހޭ މީހުންނެވެ.

އެހެނިހެން ޚަރަދުގެ ގޮތުގައި ސްކޮލަރޝިޕަށް 44,563.80ރ. ޚަރަދުކޮށްފައިވާއިރު، އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ޢާމިލުންގެ އުޖޫރައިގެ ގޮތުގައި 374,950.28ރ. ޚަރަދުކޮށްފައިވެއެވެ.

Ads by HDC
  1. ނެތީމޭ

    ހަބީބު މީ މިހާރު އިލެކްޝަންސް ކަމިޝަންގެ މެމްބަރެއް ވެސް ނޫން އަދި ސްޕްރީމް ކޯޓެއް ވެސް ނޫންދޯ ދެން އޭނާ ކޮންމެހެން އެންޓި ޑިފެކްޝަން ގާނޫނުގެ ތެރެއަށް ބޭނިގަނެގެން މިއުޅެނީ އޭނާ އަށް ކިހާވަރެއް ސަރުކާރުންދޭތީތޭ މަމެން އޭނާ ގާތު އަހާލަން ބޭނުންވެއޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ…

  2. ަވަގުންނޭ

    އެސްއީޒެޑް ސޯލަރ މަޝްރުއު ތި މަޝްރޫއުވާނީ ފްލޮޕޭ ތިމާވެއްޓާއި އަދި އިޔާދަ ކުރަނިވި ހަކަތައާއި ގުޅިގެން މިރާއްޖޭގައި ކުރާ ހުރިހާ ކަމަކީ އެއީ މަކަރާއި ހީލަތުން ކުރާ ކަންކަމޭ ތިޔާ ފްލޯޓިންގް މަޝްރޫއު ކާމިޔާބު ނުވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތޭ ތިޔާ ގޮތަށް ކެނެރީގެ ނަޝީދަށް ކަޓް ލިބޭ ގޮތަށް ފްލޯޓިންގް ސިޓީ އެއްވެސް ހެދިއޭ ކަނޑުކޮހުން ތަކެއް އެކަން ވެސް ދިޔާއީ ފްލޮޕް ބަދަލުގައި އެމެން މާލެ ސަރަހައްދުން ބޮޑު ފަޅެއް ދަމައިގެންފައި އެފަޅު ތައް ވިއްކާލާ ކަޓްކާލައިފިއޭ ހަމަ އެގޮތަށް ތިޔާއީ މާލެ ސަރަހައްދުން ފަޅެއް ބަނޑުއަޅާލަން ވެގެން ކުރާ ކަމެކޭ ތިކަން ތިޔާ ގޮތަށް ކޮށްގެން ނުވާނެއޭ ތިޔާއީ ކުރެވޭ ބޮޑުވައްކަމެކޭ…

  3. ނުވާނެއޭ

    މާލެ ސަރަހައްދުގައި ފްލޯޓިންގް ސޯލަރ އިންޖީނުގެ ނެހެދޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ ތިޔާ ކަމަށް ނަގަން އުޅެނީ ގާފަރު ފަޅު ކަން ވެސް މަމެންނަށް ވަނީ އެނގިފައޭ އެފަޅަކީ އެއީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު ފަޅު އެފަޅު ދޭންވީ ޗައިނާ އަށް ޗައިނީސް އިންޑަސްޓްރިއަލް ޕާރކް އެއާރޕޯރޓަކާއި އަދި ސީޕޯރޓަކާއި އެކު ހަދާ އެތަނަކީ ލިޓިލް ޗައިނާ ކަމަށް ހަދާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް ފީންނެއް އަޅާ ގުޅުވާލާ ރާއްޖެތެރޭ ފަޅުކޮށްލަންވީއޭ އެއިރުން ބަޖެޓް އަރަނިވާނެއޭ ރާއްޖެތެރޭން މީހުން ބާލައިގެން ނޫން ގޮތަށް ރާއްޖޭގެ ބަޖެޓް އަރަނިނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ