Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގުޅީފަޅަށް ގޯތި ބަދަލުކުރަން 1،913 ފޯމު ހުށަހަޅައިފި

ގުޅީފަޅަށް ގޯތި ބަދަލުކުރަން 1،913 ފޯމު ހުށަހަޅައިފި
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި، 1،913 މީހުން ފޯމު ހުށައަޅައިފިއެވެ.
މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ގިރާވަރުން ދޫކޮށްފައިވާ 1347 ގޯއްޗެއް, ގުޅިފަޅަށް ބަދަލުކުރަން އެދުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލިއެވެ. ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައިވަނީ:
  • 1250  އަކަފޫޓުގެ 193 ގޯތި
  • 1650  އަކަފޫޓުގެ 663 ގޯތި
  • 2050  އަކަފޫޓުގެ 487 ގޯތި
  • 2450  އަކަފޫޓުގެ 4  ގޯތި
ބިމާއި ބެހޭ ވުޒާރާއިން ގެޒެޓް ކުރި އިއުލާނެއްގައި ބުނީ، 1250 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް 928 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް 769 ފޯމާއި، 2050 ފޫޓުގެ ގޯތި ބަދަލުކުރުމަށް 213 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން 2450 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް 3 ފަރާތަކުން އެދިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އިއުލާނުކުރި އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށްވާތީ، ގުރުއަތުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1250, 1650 އަކަފޫޓުގެ ގޯތި ލިބިފައިވައިފަރާތްތަކުގެ މެދުގައި ކަމަށް އެ ވުޒާާއިން ބުނެފައިވެއެވެ. އަދި މި ގުރުއަތު ނެގުން އޮންނާނެ ތާރީހެއް އާންމުކުރާނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ. 2050 އަކަފޫޓު އަދި 2450 އަކަފޫޓުގެ ގެތައް ގުޅިފަޅަށް ބަދަލުކުރުމަށް އެދި ހުށައެޅި ހުރިހާ މީހުންގެ ގޯތި ގުޅީ ފަޅަށް ބަދަލުކުރަން ނިންމީ ކަނޑައެޅި އަދަދަށްވުރެން މަދުން ފޯމު ހުށައަޅާފައި ވުމުންނެވެ. ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށައެޅި މީހުންގެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ކުރިން އެވުޒާރާއަށް ހުށައެޅުމަށް ވަނީ ހުޅުވާލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް