ޚަބަރު

ޔުޓިލިޓީ ބިލްތަކުން ޑިސްކައުންޓް ދިނީ އެންމެ ރަނގަޅަށް: ސްޓެލްކޯ

އައިކާ ޔުނާން ، ދެން އޮންލައިން
ސްޓެލްކޯގެ އެމްޑީ މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަވަނީ

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދެވިފައިވަނީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަވާނެ ގޮތަށް އެންމެ ރަނގަޅަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، ޑިސްކައުންޓު ދެވިފައިވަނީ ވަރަށް ބޮޑަށް ދިރާސާ ކުރެވި އެނަލަސިސް ކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޑިސްކައުންޓު ދެވުނު ބިލުގައި ރޯދަ މަސް ނޫން ބައެއް ދުވަސްތައް ވެސް ހިމެނޭ ކަމަށާއި އެއީ އެކަން ކުރެވެން އޮތް ގޮތް ކަމަށެވެ.

ބިލު ނަގަމުން އަންނަ ގޮތަށް ބަލާއިރު މާލޭގެ 48،000 ގޭބިސީގައި ރޯދަ މަހުގެ އެއް ވަނަ ދުވަހާއި ފަހު ދުވަހު ރީޑިން ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ފަހުމީ ވިދާޅުވިއެވެ.

''ބިލިން ޕީރިއަޑަށް ޗޭންޖެއް ގެނެސްފިއްޔާ އެ ޗެލެންޖަސްތައް ރައްޔިތުންނަށް އަންނާނެ، އެންމެ ބޮޑަށް ރައްޔިތުންނަށް އެންމެ ބޮޑަށް ލުއިފަސޭހަ ގޮތަށް ހެދި، ދެވިފައި ހުރި ރަނގަޅު އެޅީ ރަނގަޅު ޕީކްކަށް ރަނގަޅު ޕީރިއަޑަށް'' ފަހުމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަކަށް ހުރިހާ ކަސްޓަމަރުންނަށް ޑިސްކައުންޓު ދެވިފައިވާ ކަމަށާއި 20 މިލިއަން ރުފިޔާ ޑިސްކައުންޓުގެ ގޮތުގައި ދެވުނު ކަމަށެވެ.

އެ ވާހަކަ ތަކުރާރު ކުރައްވައި ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެ ބިލުގައި އާންމު މަސްމަހަށް ވުރެ އިތުރު ނުވާ ބިލުތަކުން ޖެހިގެން އައި މަހުން 10 ޕަސެންޓް ޑިސްކައުންޓު ދޭނެ ކަމަށާއި ފުރަތަމަ ބިލުން އެއްވެސް ޑިސްކައުންޓެއް ނުލިބޭ ބިލުތަކަށް ވެސް މި ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ފެނަކައިން 25 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދެވިފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!