Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސިފްކޯ ފްލެޓްތައް ކުއްޔަށް ދިނުން މަނާކޮށްފި

ސިފްކޯ ފްލެޓްތައް ކުއްޔަށް ދިނުން މަނާކޮށްފި

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އިމާރާތްކޮށްފައިވާ ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކުން އެތަން ތަން ކުއްޔަށް ދެމުންދާތީ، އެއްބަސްވުމާއި ހިލާފަ އަމަލު ނުކުރުމަށް ސިފްކޯއިން އަންގައިފިއެވެ.

ސިފްކޯ ފްލެޓްތައް ލިބިފައިވާ ބައެއް ފަރާތްތަކުން އެތަންތަން ކުއްޔަށް ދެމުންދާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ ފްލެޓްތަކުގެ އެއްބަސްވުމުގައިވާ ގޮތުން އެތަން ކުއްޔަށް ދުލެއް ނުކުރެވެއެވެ.

މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް މީޑިއާ އޮފިޝަލު ''ދެން'' އަށް ވިދާޅުވީ، ބައެއް ފަރާތްތަކުން އެއްބަސްވުމާއި ހިލާފަ އެ ފްލެޓްތައް ކުއްޔަށްދެމުންދާތީ، އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް އެ ފަރާތްތަކަށް ސިފްކޯއިން އަންގާފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި 2013 ވަނަ އަހަރު ފެށި "ސިފްކޯ ހިޔާ" މަޝްރޫއުއަކީ، ޖުމްލަ 691 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއުއެކެވެ. އެއީ "ސިފްކޯ ހިޔާ"ގައި ހިމެނޭ، 330 ފްލެޓާއި، "ޕޮލްކޯ" 361 ހައުސިން ޔުނިޓެވެ. މިއީ ފެންވަރު ރަނގަޅުކޮށް ތަރައްގީ ކޮށްފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި 1100 އަކަފޫޓުގެ ޖާގަ ހުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް