Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކްރިއޭޓިވް އާޓްސްގެ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަނީ

ކްރިއޭޓިވް އާޓްސްގެ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަނީ

އާޓްސް ކުރިއެރުވުމަށް ޒަމާނީ ވަސީލަތްތައް ހިމެނޭ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންޓަރނޭޝަނަލް ސްކޫލް އޮފް ކްރިއޭޓިވް އާރޓްސް އުފައްދަނީ، އިންފްރާސްޓްރަކްޗަރ އާއި ހިއުމަން ރިސޯސް އާއި ކަރިކިއުލަމް އަދި އެކަޑަމިކް ޕްރޮގްރާމްތައް ހިނގައި އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ އެ ސްކޫލް ވެގެންދާނީ އުފެއްދުންތެރި އުނގެނުމަށް ފަހި ޒަމާނީ ވަސީލަތްތައް އެކުލެވިގެންވާ ޒަމާނީ އިންޓަނޭޝަނަލް އާޓްސް ސްކޫލަކަށް ކަމަށެވެ. މި ސްކޫލްގައި ބައިނަލްއަޤްވާމީ ދަރިވަރުންގެ މެދުގައި ސަގާފީ ބަދަލުތަކާއި ގުޅިގެން ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހޮސްޓެލް އެކޮމޮޑޭޝަންތައް ޤާއިމްކުރެވޭނެ ކަމަށާއި ތަމްރީނާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް މެދުވެރިކޮށް މިހާރު ތިބި ޕްރޮފެޝަނަލުންގެ ކެޕޭސިޓީ އިތުރުކުރުކުރެވިގެންދާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ވިޝުއަލް އާޓްސް އެންޑް ކްރާފްޓްސް، އޯޑިއޯ ވިޝުއަލް އެންޑް އިންޓަރެކްޓިވް މީޑިއާ، ޓެކްނޮލޮޖީ، ޑިޒައިން އެންޑް ކްރިއޭޓިވް ސަރވިސަސް އަދި ޕަބްލިކޭޝަން އެންޑް ޕްރެސް ފަދަ ތަފާތު ދާއިރާތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ފަންނުވެރި ހުނަރު ވެރިކަން ކުރިއަރުވައި، ޢިލްމު ފެތުރުމާއި އުފެއްދުންތެރި އެކްސްޕްރެޝަން ކުރިއެރުވުމަށް ޕަބްލިކޭޝަން އެންޑް ޕްރެސްގެ މަސައްކަތްތައް ވެސް މި ސްކޫލްގައި ކުރިޔަށްދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ސްކޫލް އެޅުމަށް ޝަރުގުވެރިވާ ފަރާތްތަކުގެ ޝަރުތުތައް މިނިސްޓްރީން ވަނީ <a href="https://www.gazette.gov.mv/iulaan/287058">ހިއްސާކޮށްފައެވެ</a>.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް