Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

"14 އަހަރުގެ ކުއްޖާ ރަހީނު ކުރީ ހުޅުމާލޭގައި މަރާލި ކުއްޖާ ހުރިހާ ވާހަކައެއް ކުރިން ކިޔައިދީފަ ހުރުމުން"

"14 އަހަރުގެ ކުއްޖާ ރަހީނު ކުރީ ހުޅުމާލޭގައި މަރާލި ކުއްޖާ ހުރިހާ ވާހަކައެއް ކުރިން ކިޔައިދީފަ ހުރުމުން"

އުމުރުން 14 އަހަރުގެ ކުއްޖަކު ރޭ މާލެއިން ރަހީނު ކޮށްގެން، ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ މީގެ ދެ މަސް ކުރިން ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލި މީހުންނާ ގުޅޭ ބައެއްކަން ހާމަވެއްޖެއެވެ.

ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދެމުން، 14އަހަރުގެ ކުއްޖާގެ އާއިލާ މީހަކު ބުނީ، އެ ކުއްޖާ ރަހީނު ކޮށްފައިވަނީ ރޭ 8:30 ހާއިރު މާލޭ ޓްރެކް ސަރަޙައްދުން ކަމަށެވެ.

"ރަތް ކުލައިގެ ޓެކްސީ އެއްގައި އައި ދެ މީހަކު ގަދަކަމުން އެ ކުއްޖާ އެ ކާރަށް އެރުވީ. ކާރުގައި ހުރީ ކަޅު ކުލައިގެ ބިއްލޫރި ޖަހާފައި. އެމީހުން އޭނަ ގޮވައިގެން ދިޔައީ ހުޅުމާލެއަށް. ގޮސްފައި އެތަނުގައި ފިހާރައަކަށް ވަންނަން މަޑު ކުރި ތަނުން އެ ކުއްޖާ އަވަހަށް އެތަނުން ދުވެފައި ދިޔައީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

Advertisement
Ooredoo — Square (box)

އެމީހާ ބުނީ ކުއްޖާ އެތަނުން ދުވެފައި ދެވުންކަން އެއީ އޭނާގެ ނަސީބު ކަމަށާއި އޭނާ އެވަގުތު އެމީހުންގެ ތިމާގެ މީހަކަށް ގުޅައިގެން އަވަހަށް ގެއަށް ދިޔައީ ކަމަށެވެ. ކުއްޖާއަށް ހުރީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރު ކޮށްފައި ކަމަށާއި ގެއަށް ދިޔައިރު ހުރީ ހުން ވެސް އައިސްފައި ކަމަށް ވެސް ބުންޏެވެ.

ކުއްޖާ ރަހީނު ކުރީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަރާލި 13 އަހަރުގެ ކުޑަ ކުއްޖާގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

"މަރާލި ކުއްޖާއާއި މި ކުއްޖާއަކީ އާއިލީ ގޮތުން ގުޅިފައި ތިބި ދެ ކުދިން. އެ ކުއްޖާ މަރާލުމުގެ ކުރިން ހުރިހާ ވާހަކައެއް ވަނީ މި ކުއްޖާއަށް ކިޔައިދީފަ. އެހެންވެ މިހާރު މި ކުއްޖާގެ ފަހަތުން އެމީހުން މި އުޅެނީ" އެމީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، މި މައްސަލަ މިހާރު ފުލުހުންނާއި ޖެންޑާއިން ވެސް ބަލަމުންދާ ކަމަށެވެ.

ރޭގެ ވަގުތެއްގައި މާލޭއިން ގެއްލުނު އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ މިހާރު ފެނިފައިވީ ނަމަވެސް އެކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް