ޚަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް

އަލީ ސަމާޙް ، ދެން އޮންލައިން

ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން، ވައިޓް އެލާޓް ނެރެފިއެވެ.

Ads by STELCO

މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7 އިން މެންދުރު 12 އާ ހަމަޔަށެވެ.

އެލާޓްގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު ކ. އަތޮޅުން ފެށިގެން ކ އިން ފެށިގެން އައްޑޫ އަށް އަންނަނީ ވިއްސާރަކުރަމުންނެވެ. އެ ސަރަހައްދަށް މިއަދު ހެނދުނު 7 އާ ހަމަޔަށް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.

ވައިޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. މި ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ ސަމާލެކެވެ. މި ސަމާލުގައި ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!