Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުލުހުން ތެރޭގައި އަންހެނުންގެ ބާރު ހަރުދަނާވެ ފުޅާވުމުން ހެޔޮ ނަތީޖާ ފެންނާނެ: ސާޖިދާ

ފުލުހުން ތެރޭގައި އަންހެނުންގެ ބާރު ހަރުދަނާވެ ފުޅާވުމުން ހެޔޮ ނަތީޖާ ފެންނާނެ: ސާޖިދާ

ފުލުހުންގެ ތެރޭގައި އަންހެނުންގެ ބާރު ހަރުދަނާވެ, ފުޅާވުމުން އޭގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާޙުކޮށް ދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ, ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާ ކަމަށެވެ.

އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނާނެ ކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ, ފުލުހުންގެ މުއައްސަސާގެ އެކި ޚިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، އެކަނބަލުންގެ ބައިވެރިވުމާއި، އެ ކަނބަލުންގެ އިސްކަން މުހިންމު ކަމަށެވެ.

Advertisement
Allied — Dhen Online (box)

<img class="aligncenter wp-image-221601 size-full" src="https://cdn.dhen.mv/wp-content/uploads/2024/04/356291_481898d0-5_-scaled.jpg" alt="" width="2560" height="1707" />

އަންހެން ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމުކަމަށާއި، ކަނބަލުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ, ދިވެހިރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށް ދިއުމަށް ގޮވާލެއްވިއެވެ.

މި ހަފުލާގައި ސާޖިދާ ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ' "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތްވެސް އިފުތިތާހުކޮށްދެއްވާފައެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައްވައި ޝާއިއުކޮށްފައިވާ ފޮތެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް