Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން ފަސް މީހުންނާއެކު މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލައި، ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވާ ކޮޅުވެއްޓި ދަށުން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އެ މީހާ ފެނިފައިވަނީ ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށެވެ.

''ފެނުނުއިރު މީހާގެ އެއްވެސް ހަރަކާތެއްނެތް'' އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.

Advertisement
Allied — Dhen Online (box)

އެ މީހާގެ ހަށިގަނޑު ކ. ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިފައިން ބުންޏެވެ.

ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލާންސް 21 އަށް ސިފައިން ވަނީ ނަގާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް