Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮޅުވެއްޓި ދަށުވެ މަރުވީ މަލިކު މީހެއް

ކޮޅުވެއްޓި ދަށުވެ މަރުވީ މަލިކު މީހެއް

ރޭ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން ފަސް މީހުންނާއެކު މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލައި، މަރުވި ބިދޭސީ މީހާ އަކީ އިންޑިއާގެ މަލިކު މީހެއްކަން އެނގިއްޖެއެވެ.

ދިވެހި ތާރީހު ދިރާސާކުރާ މަޝްހޫރު ލިޔުންތެރިޔާ މުހައްމަދު ނާޖިހު ފޭސްބުކް ގައި ލިޔުނު ޕޯސްޓެއްގައި ބުނީ، މަރުވި ބިދޭސީ މީހާ އަކީ މަލިކަށް ނިސްބަތްވާ މީހެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެއީ މަލިކު ކެނޑިފާޓީ އަވަށު ކަޑަފަތްގޭ ޝާހިދު ނަމަކަށް ކިޔާ މީހެއް ކަމަށް ނާޖިހުގެ ޕޯސްޓުގައި ބުންޏެވެ. އެ މީހާ ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެންއެންޑީއެފުން ބުންޏެވެ.

Advertisement
Allied — Dhen Online (box)

''ދެން'' އާ ވާހަކަ ދައްކަމުން ނާޖިހު ބުނީ، އެއީ މަލިކު ރައްޓެހިންގެ ފަރާތުން ލިބުނު މައުލޫމާތު ކަމަށެވެ. މަލިކަށް އެކި ފަހަރު މަތިން ދަތުރުކޮށްފައިވާ ނާޖިހު ބުނީ، ސަލާމަތްކުރި ހަތަރު މީހުންގެ ތެރޭގައި، މަލިކުގެ އިތުރު މީހުން ހިމެނޭ ކަމަށެވެ. އެ މީހުންގެ ވަނަވަރެއް ސިފައިން ހާމައެއް ނުކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް