Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މީޑިއާތަކަށް އިންޒާރުދޭ މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

މީޑިއާތަކަށް އިންޒާރުދޭ މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭ ގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން އެ އަމަލު ކުށްވެރިކޮށްފިއެވެ.

ރައީސް އޮފީހުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި، ސަރުކާރުން ވަނީ ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށާ މީޑިއާތަކަށް ދީފައެވެ.

އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައިވާނަމަ ގައުމީ މަސްލަހަތު އިސްކޮށް ޒިންމާ ކޮންމެ ރައްޔިތަކުވެސް އަދާކޮށް އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރަން ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
Ooredoo — Square (box)

ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަށާއި، އަދި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ގައުމުގެ އަމްނަށް ނުރައްކާވާނެ ގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިހުލާސްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް