Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަދިވެސް ޗިކަންގުންޔާ ކޮންޓްރޯލް ނުވޭ, އެންމެ ގިނައިން ފައްސިވަނީ މާލެ ސަރަހައްދުން

އަދިވެސް ޗިކަންގުންޔާ ކޮންޓްރޯލް ނުވޭ, އެންމެ ގިނައިން ފައްސިވަނީ މާލެ ސަރަހައްދުން

ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ޗިކުންގުންޔާ ކޮންޓްރޯލް ނުވާކަމަށާއި، އެންމެ ގިނައިން ފައްސިވެފައިވަނީ މާލެ ސަރަހައްދުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗް.ޕީ.އޭއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ގިނަ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އެއީ ޗިކުންގުންޔާގެ 130 ކޭސްއެވެ. ބާކީ 4 ކޭސް ފެނިފައިވަނީ ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުންނެވެ.

މި ބަލީގައި ރިޕޯޓުކޮށްފައިވާ މިންވަރު އެންމެ ގިނައީ 25 އަހަރުން މަތީގެ މީހުންނެވެ. އެގޮތުން 25 އަހަރުން މަތީގެ 115 މީހުން މިބަލި ޖެހިގެން ރިޕޯޓުކޮށްފައި ވާއިރު، 25 އަހަރުން ދަށުގެ 19 މީހުން ރިޕޯޓު ކޮށްފައި ވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކައެވެ.

Advertisement
Ooredoo — Square (box)

ޗިކުންގުންޔާ ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވި ނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

ޗިކުންގުންޔާއިން ސަލާމަތް ވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުމެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް