Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރޯދަ މަހުގެ ފުރިހަމަ ޑިސްކައުންޓް ދޭން އާ ބިލު ކަސްޓަމަރުންނަށް ފޮނުވަނީ

ރޯދަ މަހުގެ ފުރިހަމަ ޑިސްކައުންޓް ދޭން އާ ބިލު ކަސްޓަމަރުންނަށް ފޮނުވަނީ

ހުސްވި ރަމަޝާން މަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދޭން ސްޓެލްކޯ އިން ނިންމައިފިއެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ <span class="css-1qaijid r-bcqeeo r-qvutc0 r-poiln3">ރައީސް ޑރ މުހައްމަދު މުއިއްޒު</span>ގެ ވައުދުފުޅާ އެއްގޮތަށް ކަމަަށެވެ.

''މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށް ފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ'' ފަހުމީގެ ޕޯސްޓުގައި ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދެވިފައިވަނީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަވާނެ ގޮތަށް އެންމެ ރަނގަޅަށް ކަމަށް މީގެ ކުރިން ފަހުމީ ވިދާޅުވެފައިވެެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، ޑިސްކައުންޓު ދެވިފައިވަނީ ވަރަށް ބޮޑަށް ދިރާސާ ކުރެވި އެނަލަސިސް ކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޑިސްކައުންޓު ދެވުނު ބިލުގައި ރޯދަ މަސް ނޫން ބައެއް ދުވަސްތައް ވެސް ހިމެނޭ ކަމަށާއި އެއީ އެކަން ކުރެވެން އޮތް ގޮތް ކަމަށެވެ.

ބިލު ނަގަމުން އަންނަ ގޮތަށް ބަލާއިރު މާލޭގެ 48،000 ގޭބިސީގައި ރޯދަ މަހުގެ އެއް ވަނަ ދުވަހާއި ފަހު ދުވަހު ރީޑިން ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ފަހުމީ ވިދާޅުވިއެވެ.

''ބިލިން ޕީރިއަޑަށް ޗޭންޖެއް ގެނެސްފިއްޔާ އެ ޗެލެންޖަސްތައް ރައްޔިތުންނަށް އަންނާނެ، އެންމެ ބޮޑަށް ރައްޔިތުންނަށް އެންމެ ބޮޑަށް ލުއިފަސޭހަ ގޮތަށް ހެދި، ދެވިފައި ހުރި ރަނގަޅު އެޅީ ރަނގަޅު ޕީކްކަށް ރަނގަޅު ޕީރިއަޑަށް'' ފަހުމީ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް