Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގަން ފަށައިފި

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގަން ފަށައިފި

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާ އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

"ކުރަނގި" ނަމުގައި ފެށި މި ގައުމީ ކެމްޕެއިން ފައްޓަވައި ދެއްވީ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންއެވެ. އިހްސާން ވިދާޅުވީ ބިދޭސީން ގިނަވުމާއި ގުޅިގެން ޤައުމަށް އިޖްތިމާޢީ ގޮތުން ގިނަ މައްސަލަތަކެއް ދިމާވަމުންދާ ކަމަށެވެ. މިއީ މިކަމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި ފެށި މަސައްކަތެއް ކަމަށް އިހްސާން ވިދާޅުވިއެވެ.

މީގެ ކުރިން އިޙްސާން ވަނީ ރާއްޖެއެތެރެވާ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މި އަހަރު ތެރޭގައި، ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގި އެއް ޑެޓާބޭސްއެއް ގާއިމްކުރެވިގެންދާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމަށްފަހު ދެން ކުރާނީ ވޯކް ޕާމިޓްތަކާ ދިމާ ކުރުމުގެ މަސައްކަތެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ވޯކް ޕާމިޓާއި ޕާސްޕޯޓު ވެސް ނެތް މީހުން ކަމުން މިކަމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް އިހްސާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް