Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރަމްޝާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ، ގެއްލިގެން ދިޔައީ އޯގާތެރި ހިދުމަތްތެރިއެއް

ރަމްޝާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ، ގެއްލިގެން ދިޔައީ އޯގާތެރި ހިދުމަތްތެރިއެއް

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދެވި އައިޖީއެމްއެޗްގެ ކުރީގެ ސާޖިކަލް މެޑިކަލް އޮފިސަރު ޑރ. އައިމިނަތު ރަމްޝާ ނިޔާވުމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސްގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިދުމަތްތެރި އަދި މަގްބޫލު ރަމްޝާ އަވަހާރަވި ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

ރައީސް ވިދާޅުވީ، ގައުމަށް ގެއްލިގެން އެ ދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމަށެވެ. އަދި އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

''ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރު ދެއްވުމުގައި އޯގާތެރި އެހީތެރިއެކެވެ. މަރްހުމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ'' ރައީސް ލިޔުއްވިއެވެ.

ކަރުން މަތީގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރަމްޝާ ނިޔާވީ ފަރުވާ ހޯއްދަވަމުން ގެންދެވި ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ.

ޑރ. ރަމްޝާގެ ވަކިވުމާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ޑރ. ރަމްޝާއަކީ ސިއްހީ ދާއިރާގެ ބޮޑު ބައިވެރިއެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް