ޚަބަރު

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުވެފައިވާތީ، ސަމާލުވާން އެދިއްޖެއެވެ.

Ads by Hajj Corporation

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވީ ޑެންގީ ޖެހިގެން 6 ކުއްޖަކު އެޑިމިޓް ކޮށްފައިވާ އިރު، ހާލު ސީރިއަސްވާ ބައެއް ކުދިންގެ ގަޔަށް ލޭ އަޅަން ޖެހޭ ހާލަތުވެސް އަންނަ ކަމަށެވެ.

ޑެންގީ ހުމަކީ ފުރާނައަށް ނުރައްކާވާ ބައްޔެއް ކަން ހަނދާން ނައްތާނުލުމަށާއި މަދިރިން ރައްކާތެރިވުމަށް ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެ ފަދަ ތަކެތި ނައްތާލައި، މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެއެވެ.

މީގެ އިތުރުން މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރުއަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް ސަމާލުކަންދޭން ޖެހެއެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި، ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައާއި ލޮލުގައި ރިއްސުމާއި އަދި ހަމުގައި ކުދި ބިހިތައް ނެގުން ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!