Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ދިވެހި ޓީޗަރުންނެއް ނެތް، ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން

ދިވެހި ޓީޗަރުންނެއް ނެތް، ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ތައްޔާރުވަމުން ދާއިރު މާލެ ސަރަހައްދުގެ ސްކޫލުތަކަށް ބޭނުންވާ އަދަދަށް ދިވެހި ޓީޗަރުން ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

މާލެ ސަރަހައްދުގެ ސްކޫލުތަކަށް އެކަނި ގާތްގަނޑަކަށް އިތުރު 89 ޓީޗަރުން ބޭނުންވާ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ. އެހެންނަމަވެސް މުޅިން އަލަށް ސްކޫލުތަކާއި ގުޅެން ތިބީ 57 ވަރަކަށް ޓީޗަރުންނެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ މަދުވާ 30 ވަރަކަށް ޓީޗަރުން ބޭރުން ގެނައުމަށް ރެކްރޫޓްމަންޓް ޕްރޮސެސްއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ސްކޫލުތަކަށް ސީދާ ބޭނުންވާ ޓީޗަރުންގެ އަދަދު ނިންމަން އިނގޭނީ ދަރިވަރުންގެ އަދަދު ކަށަވަރު ވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement
HDC — Sidebar (box)

އެޑިއުކޭޝަނުން ބުނި ގޮތުގައި ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ޓީޗަރުން ހަމަކުރަން ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް ބޭނުންވާ ޓީޗަރުންގެ އަދަދު ކަށަވަރުވުމުން ބިދޭސީ ޓީޗަރުންނަށް ރާއްޖެ އައުމަށް ދައުވަތު ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ނިމިދިޔަ އަހަރު ރާއްޖޭގައި 1،800 އެއްހާ ބިދޭސީ ޓީޗަރުން މަސައްކަތް ކުރި އެވެ. އެމީހުންނަށް މުސާރަ ދިނުމަށް ދައުލަތުން 350 މިލިއަނެއްހާ ރުފިޔާ އަހަރަކު ހަރަދު ކުރެ އެވެ. އެހެންކަމުން ސަރުކާރުން ވަނީ ދިވެހި ޓީޗަރުން ގިނަކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ވޭތުވެދިޔަ ކުރު ތާރީހުގައި ދިވެހިން ޓީޗަރުންނަށް ވުމުގެ ޝައުގުވެރިކަން ކުޑަވަމުން ދިޔައީ މުސާރަތައް ކުޑަވުމުގެ ސަބަބުންކަމަށް ބެލެވެ އެވެ. އެހެންނަމަވެސް ނިމިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޓީޗަރުންގެ މުސާރަތައް ބޮޑުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް