ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި މީހަކު ވާދޫ ކޯޓުން ދޫކޮށްލައިފި

ގދ. ވާދޫގައި މީހަކު ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި ދިވެއްސަކު އެ ރަށު މެޖިސްޓްރޭޓް ކޯޓުން އޭނާ ޝަރުތުތަކާ އެކު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ވާދޫން ހައްޔަރުކުރީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ.
އެއީ އޭނާއާ ގުޅުން ހުރި ތަކެތި ނޫން ކަމަށް ބުނެ އެ ރަށު ކޯޓު ކައިރީ ބަޔަކު އެއްވެ އަޑުގަދަ ކުރާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

Ads by Ooredoo