ހިންދީ ނަމެއްގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދައެއް ނުދިން

"ކަރިޝްމާ ޕާރޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދަން ހުށަހެޅުމުން އެކަން ކުރުމަށް ހުއްދަ ނުދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
ކަރިޝްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅީ މ.ކެލަން، މުޙައްމަދު އިސްމާޢީލެވެ. އިލެކްޝަނުން ވިދާޅުވީ، މިނަމުގައި ސިޔާސީ ޕާޓީއެއް ހަދަން ހުއްދަ ނުދޭން ނިންމީ، އެއީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށްވާތީއާއި ފޯމާއެކު އެ ފަރާތުން ހުށަހަޅައިފައިވާ ލިޔެކިޔުން ފުރިހަމަ ނުވާތީއެވެ.
ކަރިޝްމާގެ މާނައަކީ، މުއުޖިޒާތެވެ. އެއީ ހިންދީ ލަފްޒެކެވެ.






ކޮމެންޓް