ޚަބަރު

ގައުމަށް ޖެހިފައިވާ އެންމެ ބޮޑު މުޞީބާތަކީ ސިކުނޑި ބޭނުން ނުކޮށް ޕާޓީގެ ސަރުދާރު ބުނިހާ އެއްޗެއް ގޮވާ މީހުން ގިނަވުން: ޑރ.މަޢުރޫފް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މިގައުމަށް ޖެހިފައިވާ އެންމެ ބޮޑު މުޞީބާތަކީ އަމިއްލަ ސިކުނޑި ބޭނުން ނުކޮށް ޕާޓީގެ ސަރުދާރު ބުނިހާ އެއްޗެއް ގޮވަމުން ދުވާ މީހުން ގިނަވުން ކަމަށް ރާއްޖޭގެ މަޝްހޫރު މެޑިކަލް ޑޮކްޓަރ ޑރ.މައުރޫފް ޙުސައިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ، ބައެއް މީހުން ލޯބިވުމާއި ރުޅިވުން ވެސް އޮންނަނީ ޕާޓީގެ ލީޑަރުންގެ ފިކުރުގެ މައްޗަށްކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ "ﷲ ތަޢާލާ އިންސާނާއަށް ބުއްދި ދެއްވާ ވިސްނާ ފިކުރު ކުރުމަށް އަންގަވާފައި އޮންނައިރު ވެސް އަޅުގަނޑުމެންގެ ތެރެއިން މުސްލިމުންނޭ ކިޔައިގެން ބައެއް މީހުން ލޯބިވުމާއި ރުޅިއައުން ވެސް މި އޮންނަނީ ޕާޓީގެ ނުވަތަ އެމީހުން ތަބާވާ ޕާޓީގެ ލީޑަރުންނޭ މިކިޔާ މީހުންގެ ފިކުރުގެ މައްޗަށް" ކަމަށެވެ.

ޢަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރިން ކުރެއްވި ޑރ.މަޢުރޫފު ވަނީ މިހާރު ހިނގަމުން އަންނަ ''އިންޑިއާ އައުޓް'' ކެމްޕޭނާއި ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ޗައިނާއާއި އިންޑިއާގެ އިތުރުން އެހެން ގައުމުތަކާއި ވެސް ދިވެހިން ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި އެހެން ނަމަވެސް ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގެއް އޮންނާނެ ކަމަށެވެ. އަދި އެހެން ގައުމެއްގެ މިލިޓަރީއަކަށް ގައުމުން ފުރުސަތު ދިނުމަކީ ރަތް ރޮނގު ހުރަސް ކުރުން ކަމަށް ވެސް މަޝްހޫރު އީއެންޓީ ޑޮކްޓަރު މަޢުރޫފް ވިދާޅުވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!