ގެއްލިގެން ހޯދަމުންދާ ދޯނި އަދިވެސް ނުފެނޭ

ހަތަރު މީހުންނާއެކު، ހުކުރު ދުވަހު ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ''އޭއޭއޭ-37'' ދޯނި އަދިވެސް ނުފެންނަ ކަމަށާއި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުންދާ މުދާ އުފުލާ އެ ދޯނިން ދިވެއްސަކާއި، ބަންގްލަދޭޝްގެ ތިން މީހުން ދަތުރުކުރި އެވެ.
އެމްއެންޑީއެފުން މިއަދު ހަވީރު ބުނީ, ގެއްލިގެން
އެމްއެންޑީއެފުން ބުނެފައިވާ ގޮތުން ''އޭއޭއޭ-37'' ދޯނި ތިލަފުށިން ފުރީ ހުކުރު ދުވަހު ހެނދުނު 6 ހާއިރު އެވެ. ދޯނީގެ ހަބަރެއް ނުވެގެން، އެކަމުގެ މައަލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ރިޕޯޓް ލިބުނީ އެ ދުވަހުގެ 05:20 ހާއިރެވެ
އެ ދޯނި ހޯދުމުގެ އޮޕަރޭޝަންގައި ކޯސްޓުގާޑުގެ އުޅަނދުތަކުގެ އިތުރުން މޯލްޑިވިއަންގެ މަތިންދާ ބޯޓެއްވެސް ބޭނުން ކުރެ އެެވެ.
ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި، މައުލޫމާތު ހިއްސާކުރަން އެދިފައިވެ އެވެ.