މިއަދުވެސް މޫސުން ގޯސް، މެދު ރާއްޖެ ތެރެއަށް އޮރެންޖެ ސަމާލު

މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މަދު ރާއްޖެެތެރެއަށް އޮރެންޖެ ސަމާލު ނެރެފި އެވެ.
މެޓުން އޮރެންޖް ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް 12:00 ޖެހުމާ ހަމައަށެވެ.
އެ އިދާރާއިން ބުނީ އެ ސަރަހައްދަށް ވަރަށް މޫސުން ގޯސް ކަމަށެވެ. އެގޮރުން ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މެޓުން ބުނެ އެވެ.
އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާއި 9 ފޫޓާއި ދެމެދުގަައި ކަމަށްވެސް މެޓުން ބުނެ އެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭން ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.