ޚަބަރު އިޖުތިމާޢީ

އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް

ފާރިހާ ޢަދުނާން ، ދެން އޮންލައިން

އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ހިންގަން ފަށަން ނިންމައިފިއެވެ.

Ads by Hajj Corporation

މި ޕްރޮގްރާމްތައް ހިންގަން ނިންމާފައިވަނީ، އިސްރަށްވެހިންގެ ނާދީއިން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި މިބައްދަލުވުމުގައި ދެފަރާތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އިސްރައްވެހިންގެ ނާދީއިން ހުށަހަޅާފައިވަނީ، ދީނީ ޕްރޮގްރާމްތަކެއް ނާދީގައި ކޮންމެ މަހަކުވެސް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކާއި ކޮންޓެންޓާއި މަގުސަދުތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާއިން އިސްކަންދީގެން ކުރިއަށްގެންދާ "ރިސާލަތު" ޕްރާގްރާމާއި، ސުވާލާއި ޖަވާބު ސެޝަންތަކުގެ އިތުރުން ދީނީ ކުއިޒް މުބާރާތާއި، ގުރްއާން މުބާރާތް ފަދަ ދީނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށް ދިނުމަށް މަސައްކަތްކުރާނެ ކަމަށެވެެ.

މީގެއިތުރުން، މިހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ. އަދި އެ އެއްބަސްވުން އެކުލަވާލުމުގެ ކުރިންވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ބައްދަލުވުމުގައި ރާވާފައިވެއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އާއި އިސްރަށްވެހިންގެ ނާދީއިން ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަދި ރޫހާނީ ގޮތުން މުއްސަނދި މާހައުލެއް ގާއިމުކުރުމަށް ކުރާ މަސައްކަތެކެވެ.

އިސްރަށްވެހިންގެ ނާދީއަކީ އުމުރުން 55 އަހަރުން މަތީ މީހުންގެ އިޖްތިމާއީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްގީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ތަނެއްކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފައިވެއެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!