Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ހުޅުމާލެ ފޭސް ދޭއްގެ ބިން ހިއްކާ ސަރަހައްދުން ސަފާރީތައް ނަގަން އަންގައިފި

ހުޅުމާލެ ފޭސް ދޭއްގެ ބިން ހިއްކާ ސަރަހައްދުން ސަފާރީތައް ނަގަން އަންގައިފި

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ހިއްކާ ސަރަހައްދުގައި އަޅާފައި އޮތް ސަފާރީތަކަށް ގެއްލުންވާތީ، ސަފާރީތައް ނަގަން އަންގައިފިއެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެ ސަރަހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ސަފާރީތަކަށް ގެއްލުންވެ، ނުރައްކާތެރި ހާދިސާތައް މީގެ ކުރިން ހިނގާފައިވާ ކަމަށެވެ. އެހެންކަމުން، މުސްތަގުބަލުގައި ވެސް އެފަދަ ހާދިސާތައް ހިނގާފާނެ ކަމަށް ބެލެވޭތީ، އެ ސަރަހައްދުން ސަފާރީތައް ނެގުމަށް އެޗްޑީސީއިން އެދިފައިވެއެވެ.

<strong>ސަފާރީތައް ނަގަން އަންގާފައިވާ ސަރަހައްދު </strong>

Advertisement
Allied — Dhen Online (box)

<img class="alignnone wp-image-224926 size-full" src="https://cdn.dhen.mv/wp-content/uploads/2024/05/Screenshot-2024-05-24-171515.png" alt="" width="1015" height="559" />

އެޗްޑީސީއިން އިން ވަނީ، މި މަހުގެ 30ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުން އުޅަނދުތައް ނަގަން އެދިފައެވެ. އަދި އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އެޅުމަކީ ވެސް މަނާ ކަމެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

ހުޅުމާލެ ފޭސް 2ގެ އިތުރުން ފޭސް 3 ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެޗްޑީސީއިން ވަނީ ފޭސް 3 ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ވެސް ނެގުމަށް އަންގާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް