Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށްތައް އިއުލާންކޮށްފި

ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށްތައް އިއުލާންކޮށްފި
އަޟްޙާ އީދު ގައުމީ ފެންވަރުގައި ފާހަގަކުރާނެ ރަށްތައް ސަރުކާރުން އިއުލާނުކޮށްފި އެވެ. އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހާ ހަމަޔަށެވެ. އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅި އެވެ. އެއީ އުތުރުން 7 ރަށަކާއި، މެދު ރާއްޖެތެރެއިން 10 ރަށެއްގެ އިތުރުން ދެކުނުން 9 ރަށަކުން. މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ވަނީ ކަނޑައެޅި ރަށްތައް އިއުލާންކޮށްފައެވެ. އެ ރަށްތަކަކީ:
  • މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު
  • ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ
  • ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި
މި ރަށްތައް ކަނޑައެޅުމުގައި ބަލާފައި ވަނީ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ހަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭކަން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް