ޚަބަރު

ވަގު ސެޓްފިކެޓް ވިއްކާ މައްސަލަ ފުލުހަށް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު

ޓެލެގްރާމް ގްރޫޕުތަކުގައި ރާއްޖޭގެ ކޮލެޖުތަކުގެ ފޭކް ޑިޕްލޮމާ އާއި ޑިގްރީ ސެޓްފިކެޓް ވިއްކާ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

Ads by Hajj Corporation

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ)ގެ ސީއީއޯ ފިޒާނާ ރަޝީދު "ދެން" އަށް މިއަދު ވިދާޅުވީ، ޓެލެގްރާމް މެދުވެރިކޮށް ފޭކް ސެޓްފިކެޓް ވިއްކަމުންދާ މައްސަލައާއި، ފައިސާދީގެން އެސައިންމެންޓް ހަދާ މައްސަލަ ފުލުހަށް ހުށަހެޅިފައިވާ ކަމަށެވެ. ފައިސާދީގެން އެސައިމެންޓް ހަދަކާމުގެ ތިން މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފިޒާނާ ވިދާޅުވީ އެ ސެޓްފިކެޓްތަކުގައި ހުންނަނީ އެމްކިއުއޭއިން ސެޓްފިކެޓްތަކުގައި ކުރާ ސޮއި ނަކަލުކޮށް ކޮށްފައި ކަމަށެވެ.

ނަމަވެސް، އެކަން ކުރަމުންދަނީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް އެފަދަ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާ އެކު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ފައިސާ ދީގެން އެސައިންމެންޓް ހަދާ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވިއެވެ. އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅިއެވެ. އަދި އެކަން ހުއްޓުވުމަށް ގާނޫނަށް ވެސް ބަދަލު ގެނެވުނެވެ. އެގޮތުން، މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލަ އަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފިނަމަ 5،000 ރުފިޔާ އިން އެ ދަރިވަރަކު ޖޫރިމަނާކޮށް، އަގަށް އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000 ރުފިޔާ އިން ޖޫރިމަނާކުރާނެއެވެ.

Ads by Ooredoo
  1. މުހައްމަދު

    ޖުރިމާނާ ކޮށްފަ ވަކި މުއްދަތަކަށް މަތީ ތައުލީމުދޭ ތަންތަނުން ނުކިޔެވޭ ގޮތްވެސް ހަދަންޖެހޭ.