ޚަބަރު

15 އަތޮޅެއްގައި ޕަބްލިކް ވާކްސް ސައިޓް ގާއިމްކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ރާއްޖޭގެ 15 އަތޮޅެއްގައި މުޅިން އަލަށް ޕަބްލިކް ވާކްސް ސައިޓް ގާއިމްކުރުމަށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއިބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ވަޒީރު އެހެން ވިދާޅުވީ، އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން އިފްތިތާހު ކުރުމަށް ސްޓެލްކޯ މާލަމްގައި އެ ވުޒާރާގެ ފަރާތުން މިޔަދު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި އެވެ.

ޕަބްލިކްވާކްސްގެ ކުރިމަގަށް އަޅުގަަނޑުމެންނަށް މިހާތަނަށް ދެއްވާފައި ހުރި މަޢުލޫމާތަށް ބަލައި އިރު އަޅުގަނޑުމެންނަށް ޔަގީންކުރެވޭ ކަމަކީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ބަޖެޓްގައި ރާއްޖޭގެ އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވާކުސްގެ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށް ޓަކައި ރައީސް ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ދެއްވާފައިވާ އިރުޝާދެއް

ވަޒީރު އިތުރަށް ވިދާޅުވީ އަލަށް ގާއިމްކުރާ ސައިޓްތައް ގާއިމްކުރެއްވި ނަމަވެސް، މިހާރު ހުރި ސައިޓްތަކުގައި ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރި ކަމަށާއި، އެ މަސައްކަތްތައް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިއަދު ފެށުނު މަސައްކަތުގެ ބައްދަލުވުމަކީ ވެސް އެއިގެ ތެރެއިން ކުރިއަށް ގެންދެވޭ ކަމެއްގެ ގޮތުގައި އާދަމް ޝަރީފުް ފާހަގަކުރި އެވެ.

"ޕަބްލިކް ވާކްސް ސައިޓުތަކުގައި ހުރި ވަސީލަތްތަކަކީ އޭގެ ޒާތުގައި ފަންނީ ބޭފުޅުންނަށް ކުރެވޭނެ ކަންތައްްތަކެއް ކަމަށް ވާތީ އެ ވަސީލަތްތައް ބޭނުންކުރައްވާ ބޭފުޅުންނަށް ތަމްރީނާއި މައުލޫމާާތު ފޯރުކޮށްދެވޭނެ. މީގެ އިތުރަށް ޕަބްލިކް ވާކްސް ހިނގަމުންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއި އެކު"

ވަޒީރު ވިދާޅުވީ ރާއްޖޭގައި ޕަބްލިކް ވާކްސްގެ ހިދުމަތް ދެމުންގެންދާތާ ގާތްގަޑަކަށް 30 އަހަރުވެފައިވާ އިރު ރާއްޖޭގެ ގިނަ ޕަބްލިކް ވާކްސް ސައިޓްތައް ހުރީ ވީރާނަވެފައި ކަމަށާއި އެ ފަދަ ތަންތައް ވެސް ރަނގަޅުކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދިއުުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވީ މާލީ ވަޒީރު ޑރ މުޙައްމަދު ޝަފީގެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މާލީ ވަޒީރު ވިދާޅުވީ ޕަބްލިކް ވަކްސްގެ ހިދުމަތަކީ މުހިންމު ހިދުމަތެއްކަމާ އެ ހިދުމަތުގެ ސަބަބުން ދައުލަތުގެ ހަރަދުބަރަދުތައް އެތައް ގުނައެއް ކުޑަކުރެވިދާނެ ކަމުގައި ކަމަށެވެ. އަދި ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ބައިވެރިންގެ ކިބައިން ވަޒީރު އެދި ވަޑައިގެންނެވި އެވެ.

އެ މަސައްކަތު ބައްދަލުވުމުގައި ޕަބްލިކް ވަކްސް ހިދުމުގައި އަތޮޅުތެރޭގެ 7 ސަރަޙައްދެއްގައި ހިނގަމުންދާ ޕަބްލިކްވާކްސް ޔުނިޓްތަކުގެ ވެރިންނާއި އިދާރީ ބައެއް މުވައްޒިފުންގެ އިތުރަށް ވުޒާރާގެ ބައެއް ވެރިންނާއެކު ޖުމްލަ 37 ބޭފުޅުން ބައިވެރިވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!