Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލޯންޗަކުން ޖެހި ޒަހަމްވި ބިދޭސީއަކު މަރުވެއްޖެ

ލޯންޗަކުން ޖެހި ޒަހަމްވި ބިދޭސީއަކު މަރުވެއްޖެ

ފާނަ މަސްވެރިކަމަށް ނިކުމެ އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ފ. ފީއަލީ ފާނާ މަސްވެރިކަންކުރާ "ޓްވިންސް" ދޯނީގައި, އިތުރު ބަޔަކާއި އެކު މަހަށް ނިކުމެ އުޅުނު ބަންގްލަދޭޝްގެ މީހެކެވެ.

ފީއަލީ ކައުންސިލުގެ މެންބަރު އަހުޒަމް އަބްދުﷲ "ދެން" އަށް މިއަދު ވިދާޅުވީ، އެކަން ހިނގާފައިވަނީ ހެނދުނު 7:30 ހާއިރު ކަމަށެވެ. އަހުޒަމް ވިދާޅުވީ ދަނގެތި ކައިރީގައި ފާނަ މަސްވެރިކަން ކުރަން އުޅުނު, އެމީހާ ގައިގައި ޖެހުނީ މާމިގިލިން މާލެއަށް ދަތުރުކުރި ލޯންޗަކުން ކަމަށެވެ.

Advertisement
Ooredoo — Square (box)

"ޖެހުނީމަ، އެ ލޯންޗުން އަޅާވެސް ނުލައި ދިޔައީ'' އަހުޒާމް ވިދާޅުވީ ޒަހަމްވި ބިދޭސީ މީހާ ނެގީ އެހެން ލޯންޗަކުން ކަމަށާއި ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ. އެކަމަކު އެ ލޯންޗާ ގުޅޭ އިތުރު މައުލޫމާތު ލިބިފައިނުވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް