ޚަބަރު

ބޭރު އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭކަށް ނުޖެހޭނެ: ޣައްސާން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެހެން އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭކަށް ނުޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޣައްސާން މިހެން ވިދާޅުވީ ހަތިޔާރު އެޅި ރާއްޖެއިން ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ އެފަރާތްތައް ރާއްޖެއިން ބޭލުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ބައެއް މީހުން ކެމްޕޭން ފަށާފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލި ރަސްގެފާނާއި ޙުސައިން އާދަމް ޝަހީދުވެ ވަޑައިގަތީ އަދި އުތީމު ތިން ބަދަވީންނާއި ދޮންބަންޑާރައިން ޖިހާދުކުރެއްވީ މި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކުރެއްވުމަށް ކަމުގައެވެ.

''ޢަލީ ރަސްގެފާނާއި ޙުސައިން އާދަމް ޝަހީދުވެ ވަޑައިގަތީ ، އުތީމު ތިން ބަދަވިން އަދި ދޮން ބަންޑާރައިން ޖިހާދު ކުރެއްވީ މިގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ހިމާޔަތް ކުރައްވަން ، އިންޝާ ﷲ ، ދިވެހިން އަބަދު ވެސް ތިބޭނީ އެގޮތުގައި ތައްޔާރަށް ، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިތާ ތިބޭކަށް ނުޖެހޭނެ" ޣައްސާން ވިދާޅުވެފައިވެއެވެ.

ރާއްޖެ ވިއްކާލުމާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު ގަދަވެފައިވާއިރު ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ އެ އަޑުތަކާއި ދެކޮޅަށް ބަސް ބުނަމުންނެވެ.

Ads by HDC
  1. ތިބެގެން ނުވާނެ . ޢަދިޙާއސަކޮށއައޑޫ ރަށޔަތުންގެބޮލަށޗިޕުޖަހާއިގެނ ތަރައގީއޭ ކިއައިގެން ހިނގަމުނއެގެނދާ ޖަރީމާއަކީ
    އެރށޔަތުންއިންތިހާޔަށ ކަނބޮދުވާކަމެއ.