Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ޞާލިހުގެ ވެރިކަމުގައި ސަރުކާރު ގިނަ ކުންފުނިތައް ހުރީ ދެފުށް ފެންނަގޮތަކަށް ނޫން

ޞާލިހުގެ ވެރިކަމުގައި ސަރުކާރު ގިނަ ކުންފުނިތައް ހުރީ ދެފުށް ފެންނަގޮތަކަށް ނޫން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ހުރީ ދެފުށް ފެންނަ ގޮތަށް ނޫންކަމަށް ކޯޕަރޭޓް ގަވަނަންސް ޓްރާންސްޕޭރެންސީ އިންޑެކްސް (ސީޖީޓީ) އިން ދައްކައިފި އެވެ. މި ރިޕޯޓު ތައްޔާރު ކުރީ މިދިޔަ އަހަރުގެ އޮގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެއްކޮށްފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީޖީޓީ އިންޑެކްސްގައި ވަނީ ރާއްޖޭގެ 32 ކުންފުނިން މައުލޫމާތު އާންމު ކުރުމުގައި ދެފުށްފެންނަ ނިޒާމެއް ގެންގުޅޭ ގޮތްތައް ރޭޓުކޮށްފަ އެވެ. އެ ކުންފުނިތައް ރޭޓުކޮށްފައި ވަނީ ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން 20 ކުންފުނި ރޭޓުކޮށްފައި ވަނީ 40 އިންސައްތައަށް ވުރެ ދަށުންނެވެ. ޓްރާންސްޕޭރެންސީ އިން ކުންފުނިތައް ރޭޓުކޮށްފައި ވަނީ ޕީސީބީގެ ކޯޕަރޭޓް ގަވަނަންސް ގައިޑްލައިނާއި މައުލޫމަތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުންގައި ކަނޑައަޅާފައިވާ މިންގަނޑުތައް ބަލައިގެންނެވެ. ކުންފުނިތައް ރޭޓުކޮށްފައި ވަނީ ސޯޝަލް މީޑިއާ އާއި މީޑިއާ އާއި ވެބްސައިޓުގައި އެ ކުންފުނިތަކުން އާންމު ކުރާ މައުލޫމާތުތަކަށް ބަލައިގެންނެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުން 80 އިންސައްތައަށްވުރެއް މަތީގައި ޓްރާންސްޕޭރެންސީ ރޭޓު ހުރި އެއްވެސް ކުންފުންޏެއް ނެތެވެ. 60 އިންސައްތަ އާއި 79 އިންސައްތަ އާއި ދެމެދު ޓްރާންސްޕޭރެންސީ ހުރި ކުންފުނިތަކުގެ ތެރޭގައި ހަ ކުންފުންޏެއް ވަނީ ހިމަނައިފަ އެވެ. އެއީ:
  • ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް
  • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީ
  • މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ
  • ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯ
  • ދިރާގު
  • ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީ
40 އިންސައްތަ އާއި 59 އިންސައްތައާއި ދެމެދު ޓްރާންސްޕޭރެންސީ ހުރި ކުންފުނިތަކުގެ އަދަދު އުޅެނީ ފަހެއްގަ އެވެ. އެއީ:
  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް
  • މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީ
  • މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީ
  • މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީ
  • ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ
މީގެ އިތުރުން 21 ކުންފުންޏެއްގެ ޓްރާންސްޕޭރެންސީ އުޅެނީ 15 އިންސައްތައަށްވުރެއް ދަށުގަ އެވެ. މައުލޫމާތު ހިއްސާކޮށް ދެފުށް ފެންނަ ގޮތަށް މައުލޫމާާތު ހިއްސާކުރާ ކުންފުނީގެ ލިސްޓުގެ އެއްވަނައިގައި ފާހަގަކޮށްފައިވަނީ އެސްޓީއޯ އެވެ. ދެވަނައަށް ދިރާގު އަދި ތިންވަނައަށް ބީއެމްއެލް ފާހަގަކޮށްފައި ވެއެވެ. ޓްރާންސްޕޭރެންސީ އެންމެ ދަށްކަމަށް ފާހަގަކޮށްފައިވާ ކުންފުނިތަކަކީ އެމްއޭސީއެލް، ފެނަކަ، ސްޓެލްކޯ، އައިލެންޑް އޭވިއޭޝަން، އާރުއޭސީއެލް، ވެމްކޯ އާސަންދަ، އެސްޑީއެފްސީގެ އިތުރުން ޕީއެސްއެމް އެވެ. ރައީސް ޞާލިހުގެ ސަރުކާރުގައި ބައެއް ކުންފުނިތަކުން ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް ކުރެވި މައްސަލަތަކެއްވެސް ފެންމަތިވި އެވެ. އަދި މައުލުމާތު އާންމު ނުކުރާތީ އެކަމުގެ ކަންބޮޑުވުންވެސް އޭރު އޮތެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް