Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ކަންކަން ނިންމުމުގައި ރާއްޖެއިން މިހާރު ހިފަހައްޓަނީ އާ މިންގަނޑެއް: ސަރުކާރު

ކަންކަން ނިންމުމުގައި ރާއްޖެއިން މިހާރު ހިފަހައްޓަނީ އާ މިންގަނޑެއް: ސަރުކާރު

ފަލަސްތީނު މައްސަލައިގައި ސަރުކާރުން ސްޓޭންޑް ނަގާފައިވަނީ އާ ސްޓޭންޑާޑަކަށް ކަމަށާއި، މިފަހަރުގެ ސްޓޭންޑަކީ އިންސާނިއްޔަތަައްޓަކައި ނެގި ސްޓޭންޑެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓުން މަނާކުރަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވި ގޮތް ކަމަށެވެ. އެގޮތަށް ކަންތައްކުރުމަށް ރައީސް ގާތު ރައްޔިތުން އެދިފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

"މިއަދު މި ނެންގެވި ސްޓޭންޑަކީ އަޅުގަނޑުމެން އިންސާނިއްޔަތައްޓަކައި ނިންމާ ނިންމުމެއް. އިސްލާމީ އަޅުގަނޑުމެންގެ އަހުންނާއި އުހްތުންނަށްޓަކައި ނިންމާ ނިންމުމެއް،" އިހްސާން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ރާއްޖެއިން އަންނަނީ އަބަދުވެސް ފަލަސްތީނާއި އެއްކޮޅަށް ވަކާލާތް ކުރަމުންނެވެ. އަދި މިހާރު އެކަން ފުޅާ ދާއިރާއެއްގައި ކުރިއަށްގެންގޮސް، އެކި ގައުމުތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެކަމާއި ގުޅިގެން ވަކާލާތު ކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް