ޚަބަރު

ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 80 މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19އަށް 80 މީހުން މިއަދު ފައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު ފައްސިވީ 80 މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 20 ބިދޭސީން ކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދުން ފައްސިވީ 77 މީހެކެވެ. އަދި އަތޮޅު ތެރެއިން ތިން މީހަކު ފައްސި ވެފައިވެއެވެ.
މިއާއެކު ރާއްޖެއިން މިބައްޔަށް ފައްސިވީ ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 8،361 އަށް އަރާފައެވެ.

އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1،253 މީހުން މިހާރު ތިބިއިރު ބައްޔަށް ފައްސިވީ 162 މީހަކަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެއިން މިބަލިން 5،642 މީހުން ފަސޭހަ ވެފައިވާއިރު 29 މީހަކު މިބަލީގައި ވަނީ ނިޔާވެފައެވެ.

ރާއްޖެއިން މިބައްޔަށް ފައްސިވީ މީހުންގެ އަދަދު މިއަދު 80 އަށް އެރި ނަމަވެސް، ރާއްޖޭގައި ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު މިފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ހުންނަނީ 100 އަށްވުރެ މަތީގައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަންނަނީ ކޮންމެ ދުވަހަކު ވެސް އެތައް އިރުޝާދުތަކެއް ދެއްވަމުންނެވެ. އެގޮތުން، ކޮންމެހެން ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އަދި ބޭރުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭ އިން އަންނަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!