މާލިއްޔަތު ކޮމިޓީގެ މަސައްކަތް އަވަސްކުރަން ބަޖެޓް އޮފީހެއް ހަދަނީ
ދައުލަތުގެ ފައިސާއާ ބެހޭ މައުލޫމާތު ބެލެހެއްޓުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަސައްކަތްތައް އަވަސްކުރަން މަޖިލީހުގެ އިދާރާގައި ބަޖެޓް އޮފީހެއް ގާއިމްކުރުމަށްޓަކައި ހަދަން ޖެހޭ ދިރާސާތައް ހެދުމަށް މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހަޅުއްވައިފި އެވެ.
ނާޒިމް, އެކަން ހާމަކުރެއްވީ މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނާޒިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ނިޒާމާ އެންމެ އެއްްގޮތްވަނީ އެމެރިކާގެ ވެރިކަމުގެ ނިޒާމު ކަމަށްވާއިރު ދައުލަތުގެ ފައިސާގެ ކަންތައްތައް ބެލެހެއްޓުމަށް އެ ގައުމުގެ ސެނެޓުގައިވެސް ބަޖެޓް އޮފީހެއް ހުންނަ ކަމަށެވެ.
އެ އޮފީހުން މަސައްކަތްކުރާނީ ވަކި ޕާޓީއަކަށް ބުރަ ނުވެ މިނިވަންކަމާ އެކު އެވެ. އެހެންވެ ގާނޫނު އަސާސީން ތަންދޭނަމަ މަޖިލީހުގައި އެފަދަ އޮފީހެއް އެކުލަވާލުމަށް ދިރާސާއެއް ހެދުމަށް މަޖިލީހުގެ ނައިބް ރައީސްގެ ހައިސިއްޔަތުން ކައުންސިލާ ޖެނެރަލް ގާޓުގައި އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑު، މަޖިލީސްގެ ރިޔާސަތުން ކައުންސިލަރަށް ދަންނަވައިފިން އެކަމާއި ބެހޭ ގޮތުން ކުޑަކުޑަ ސްޓަޑީއެއް ހަދަލާން. ގަވާއިދު ނިންމާއިރު އޭގެތެރެއަށް ލެވޭ ވަރަށް ބަލަން. ޑެލިގޭޓް ކުރެވިދާނެ އޮފީސް
"އަޅުގަނޑުމެންގެ ތެރެއިން ސަބް ކޮމިޓީއެއް ނަގައިގެން އެ ބޭފުޅުން ( އޮފީސް) އަށް ބޭނުންވާ އިންޕުޓް ދޭން. އެބޭފުޅުން ގެންނަ މައްސަލަތައް ބަލަން 1300 ރިޕޯޓެއް އޮތް އިރު އެބަޖެހޭ މީތި މިތަނުން ބޭރުކުރަން ޖެހޭ، އެކަހަލަ އޮފީހެއް ހަދާފައި.
ނާޒިމް ވިދާޅުވީ އެފަދަ އޮފީހެއް ގާއިމްކުރެވިއްޖެ ނަމަ ދައުލަތުގެ ފައިސާގެ އަދާހަމަ ފެންނަން ހުންނާނެ ކަމަށެވެ. އެއީ ބައެއް ފަހަރު އެފަދަ މައުލޫމާތު ހޯދުމަށް ދަތިތަކެއްވެސް ހުންނާތީވެކަންވެސް ނާޒިމް ފާހަގަކުރެއްވި އެވެ.