Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބަޖެޓު ފޮތަކާއި ބުކްލެޓެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ބަޖެޓު ފޮތަކާއި ބުކްލެޓެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފަސޭހައިން ދިނުމަށް ބަޖެޓު ފޮތަކާއި މައުލޫމާތު ބުކްލެޓުތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބަޖެޓުގައިވާ މައުލޫމާތު މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2025 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ބަޖެޓު ފޮތުގެ ޑިޒައިނާއި ލޭއައުޓް އަދި އިންފޮމޭޝަން ބުކްލެޓެއް ތައްޔާރުކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސުން ބުނެފައިވެއެވެ. ފިނޭންސުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް  ވަނީ އެދިފައެވެ.

އެގޮތުން ބިޑް ހުށަހަޅަންޖެހޭނީ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އާއި އެއްގޮތަށް ފުރަތަމަ ސިޓީ އުރައިގައި ޓެކްނިކަލް ޕްރޮޕޯސަލްއެވެ. އަދި ދެވެނަ ސިޓީ އުރައިގައި އަގުގެ ޕްރޮޕޯސަލްއެވެ. އަދި މި އިޢުލާނާއެކު އާންމުކޮށްފައިވާ ޓީއޯއާރްއާ އެއްގޮތަށް އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 1617 ގުޅައިގެން ނުވަތަ އީމޭލްގެ ޒަރިއްޔާއިން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް