Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޔާމީން އަވަހާރަ ކޮށްލާނެ ކަމަށް ބުނި މީހާގެ މައްސަލަ ފުލުހަށް

ރައީސް ޔާމީން އަވަހާރަ ކޮށްލާނެ ކަމަށް ބުނި މީހާގެ މައްސަލަ ފުލުހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ މަރައިލަން ޖެހޭ މީހެއް ކަމަށް ބުނި މީހެއްގެ މައްސަލަ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ފުލުހަށް ހުށަހަޅައިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު މީޑިއާތަކަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ޕާޓީގެ ފަރާތުން އެ މައްސަލަ ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދިފައިވާ ކަމަށާއި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ފޭސްބުކުގައި ލިޔެފައިވާ ލިޔުމުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް އެދިފައިވާނެ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ޕީޕީއެމުން ދީފައެއް ނުވެއެވެ. ރައީސް ޔާމީންއަކީ މަރައިލާން ޖެހޭ މީހެއް ކަމަށް އިންޒާރުދީފައިވާއިރު ދާދި ފަހުން ރައީސް ނަޝީދަށް ވެސް މަރުގެ އިންޒާރުދިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް