މަކަރާއި ހީލަތުގެ މައްސަލައެއްގައި ގައްދޫ ޒުވާނަކު ހޯދަން އިއުލާންކޮށްފި
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެެެވެ.
އޭނާ ހޯދަމުން ދަނީ ހއ. ކެލާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
މި މައްސަލައާއި ގުޅިގެން ހޯދަމުން ދަނީ ޢަލީ އިބްރާހީމް، ގދ. ގައްދޫ / ސީކޯ 22 އެވެ. އޭނާ ހާޒިރުވާން ޖެހޭނީ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖޫން 24 ވަނަ ދުވަހުގެ 11:00 އަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.