އޭ އުޚްތާއެވެ. ހެދުން އެޅުމުގައި ފަރުވާތެރިވާށެވެ.
ޒަމާން ބަދަލު ވެއްޖެއެވެ. ކަނޑި އާއި ބަޑިން ހަނގުރާމަ ކޮށްގެން ޢައިރު މުސްލިމުންނަށް ކުރި ނުލިބޭނެކަން އެމީހުންނަށް ޔަގީންވިތާ ކިތަންމެ ދުވަހެކެވެ. އެހެންކަމުން، އެ މީހުން މިވަނީ ހަނގުރާމައިގެ ޕްލޭން ބަދަލުކޮށް މުސްލިމުންގެ ވިސްނުމާ ފިކުރާ ކުޅެން، ފިކުރީ ހަނގުރާމައެއް ފަށާފައެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢަށް ބަލައިލަމާތޯއެވެ؟ ފެނިގެންދާ ހިތާމަވެރި މަންޒަރަކީ ދިވެހިންގެ ތެރޭގައި ހުޅަނގުގެ އަވައިގައި ޖެހިފައިވާ މީހުން ގިނަ ވަމުންދާ ކަމެވެ. ދީނަށްވުރެ 'ފެޝަނަށް' އަހައްމިއްޔަތުކަން ދޭ މީހުން ގިނަ ވެފައިވާ ކަމެވެ. ހެދުން އެޅުމުގައި ގައިގެ ވަނާތައް ފާހަގަ ކުރެވޭހާ ބާރު، އެހާމެ ކުރު ހެދުން ލާ މީހުން ގިނަ ވެފައިވާ ކަމެވެ.
އަލް އަހްޒާބް ސޫރަތުގެ 59 ވަނަ އާތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ‘އޭ ނަބިއްޔާއެެވެ! ކަލޭގެފާނުގެެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު ވިދާޅުވާށެވެ!'
އަދި އައް ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. ‘އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ!‘
ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް އައުރަނިވާކުރަން ޖެހޭ ވާހަކަ އައިސްފައި އެބަ ވެއެވެ. އެހެންކަމުން، ހަމަ އެކަނި ނަމާދު ކުުރުމަށް އައުރަ ނިވާކުރުމަކުން ނުފުދޭނެވެ. މިގޮތަށް އައުރަ ނިވާކޮށްގެން ﷲ ގެ ރުއްސެވުމެއް ވެސް ނުލިބޭނެއެވެ. މިކަމާމެދު ވިސްނާލަމާތޯއެވެ؟ ﷲ ގެ ރުއްސެވުން ނުލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ ކިހިނަކުން ތޯއެވެ؟
އައުރަ ނިވާ ނުވާ ފަދަ ހެދުމެއްގެ އަގު ދުނިޔެމަތީގައި ކިތަންމެ ބޮޑުވިޔަސް، ﷲ ގެ ހަޟްރަތުގައި އެއީ އެއްވެސް އެއްޗެއް ނޫނެވެ.
މޫނު ބުރުގާ އެޅުމަކީ ކޮންމެ އަންހެނަކަށް ލިބިފައިވާ އިޚްތިޔާރަކަށް ވިޔަސް، އައުރަ ނިވާކުރުމަކީ ވާޖިބެކެވެ. އެހެންކަމުން، ﷲގެ ރުއްސެވުން ހޯދުމާއި އެކު ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އައުރަ ނިވާކުރަން ޖެހެއެވެ.
ވޯވޯ ނައިސް އިނގޭ