ޚަބަރު

ކުލަގަދަ އީދަކަށް މުޅި މާލެ ތައްޔާރުވެފައި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ފިތުރު އީދުގައި މާލޭގައި ބޭއްވި އީދު ކުޅިވަރުގެ ތެރެއިން/ ފޮޓޯ: މިހާރު

މާދަމާ އަންނަ ބޮޑު އީދު ފާހަގަކުރުމަށް މުޅި މާލެ ސަރަހައްްދު ތައްޔާރުކޮށްފި އެވެ.

Ads by Sosun Fihaara

މިކަމާ ގުޅިގެން މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މިފަހަރު މީގެކުރިން ނުފެންނަހާ ފުޅާކޮށް އީދު ފާހަގަކުރުމަށް ނިންމާފަ އެވެ. އެގޮތުން މިރެއިން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމަޔަށް ދިގުދެމިގެންދާ ހަރަކާތްތައް ގްރޭޓާ މާލޭގެ ތިން އަވަށްކަމަށްވާ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބާއްވާނެ ކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލްއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ، އެންސީއޭ، ދިރާގު އަދި އެޗްޑީސީއާއި ވިލިމާލޭގެ ރައްޔިތުންނާ ގުޅިގެން ނެވެ. މިއީ މިހާ ފުޅާ ދާއިރާއެއްގައި އެހާ ގިނަ ބަޔަކާ އެކު އީދު ފާހަގަކުރާ ފުރަތަމަ ފަހަރު ކަން އޭނާ ފާހަގަކުރެއްވި އެވެ.

އީދު ހަރަކާތްތައް ރޭވިފައިވާ ގޮތް

ވިލިމާލެ

  • މިރޭ 8:30 ގައި އީދު ބަޑި އަދި އީދު ބޮޑުބެރު ޝޯ އެއް
  • މާދަން ހެނދުނު 8:30 ގައި އީދު ސައި، 10:30 ގައި އީދު ކުޅިވަރު
  • ހަވީރު 4:30 ގައި ކޯޑި ނެރުން
  • އަންނަ ހޯމަ ދުވަހު ސަގާފީ ކުޅިވަރު
  • އަންގާރަ ދުވަހު ކުޑަކުދިންގެ ހަވީރެއް
  • ބުދަ ދުވަހު ބޮޑު ބެރު ޝޯއަކާއި ދަފިނެގުން
  • ބުރާސްފަތި ދުވަހުގެ ރޭގަނޑު ބޮޑުމަސް ނެރޭނެ އަދި މާލި ޕެރޭޑެއް
  • ހުކުރު ދުވަހު އީދު ޝޯއާއި އެކު ހަވާއަރުވާނެ

މާލެ

  • މާދަމާ ހަވީރު 4 އިން 6 އަކަށް އާޓިފިޝަލް ބީޗުގައި އީދު މަޖާ އޮންނާނެ
  • ރޭގަނޑު ސޯޝަލް ސެންޓަރުގައި އީދު ޝޯއެއް

ހުޅުމާލެ

  • މިރޭ ވެެދުމަށް ދިއުމާއި އިތުރު ހަރަކާތްތައް އޮންނާނެ
  • މާދަމާ ކުޑަކުދިންގެ ހަވީރެއް އޮންނާނެ؛ އަދި ރޭގަނޑު ބޮޑު މަސް ބޭނުމާއި ހަވާ އެރުވުން އޮންނާނެ
  • އަންނަ ހޯމަ ދުވަހު ކޯޑި ކެނޑުމާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ދިރާގު އީދު ޝޯއެއް އޮންނާނެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!