Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ރެޖިސްޓްރީ ނުކޮށް އުޅަނދެއް ދުއްވި މައްސަލައެއް ފުލުހުން ބަލަނީ

ރެޖިސްޓްރީ ނުކޮށް އުޅަނދެއް ދުއްވި މައްސަލައެއް ފުލުހުން ބަލަނީ
ލައިސަންސް ނެތި އަދި ރެޖިސްޓްރީ ނުކުރާ އުޅަނދެއް ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނީ، ހައިވޭ ދެކުނުން އުތުރަށް ލައިސެންސް ނެތި އަދި ރެޖިސްޓްރީ ނުކުރާ އުޅަނދެއް ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް މިއަދު ހަވީރު 6:18 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މިއަދު ހަވީރު 5:17 ހާއިރު ބުރިޖު އެއާޕޯޓް ލައިޓުން އިރުން ހުޅަނގަށް ގަވާއިދާ ހިލާފަ ފަހަތަށް ގިނަ ބަޔަކު އަރުވައިގެން ވެހިކަލެއް ދުއްވި މައްސަލަ ވެސް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ފުލުހުން މިހެން ބުނެފައިވާއިރު، ސިނަމާލެ ބްރިޖު މަތިން ދުއްވާފައިވާ ދިޔަ ލޮރީއެއްގެ ފަހަތަށް ބަޔަކު އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ލޮރީގެ ފަހަތު ބައިގައި ދަގަނޑު ޖަހައި ހުރީ ބަންދުކޮށްފަަ އެވެ. އޭގެ ފަހަތުގައި ހަރުކޮށްފައި ހުރި ދޮރުގެ މަތިން ޖާލިކޮޅެއް ހުރިއިރު އެތެރޭގައި ތިބި އެއް ބަޔަކު ތިބީ ޖާލިން ބޭރަށް އަތް ދިއްކޮށްގެން ދަގަނޑުގައި ހިފަހައްޓައިގެންނެވެ. ލޮރީގެ ފަހަތުގައި ސަފަކަށް ހަތް މީހުން ފިތިގެން ތިބިއިރު, އޭގައި ގިނަ އަދަދެއްގެ މީހުން ތިބި ކަމަށް ލަފާކުރެވެ އެވެ.
ފުލުހުން ބުނީ، މި ދެ މައްސަލަ ވެސް ތަހުގީގް ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް