Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ގިނަ ބަޔަކު އަރުވައިގެން ދުއްވި ދެ ޕިކަޕް ޑްރައިވަރުންގެ ލައިސެންސް ހިފަހައްޓައިފި

ގިނަ ބަޔަކު އަރުވައިގެން ދުއްވި ދެ ޕިކަޕް ޑްރައިވަރުންގެ ލައިސެންސް ހިފަހައްޓައިފި

ޕިކަޕެއްގެ ތަށިގަނޑު މައްޗަށް ގިނަ އަދަދެއްގެ ބަޔަކު އަރުވައިގެން، ބަންދުކޮށްގެން އުފުލި މައްސަލައިގައި ދެ ޕިކަޕް ހުއްޓުވައި ދެ ޑްރައިވަރުންގެ ލައިސަންސް ހިފަހައްޓައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިރޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސިނަމާލެ ބްރިޖު މަތިން ގިނަ ބަޔަކު އަރުވައިގެން ދުއްވި ދެ ވެހިކަލެއް ހުއްޓުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ދެ ޑްރައިވަރުންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖު މަތިން ދުއްވާފައިވާ ދިޔަ ލޮރީއެއްގެ ފަހަތަށް ބަޔަކު އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުުރުވަމުންނެވެ.

Advertisement
Allied Insurance — Square (box)

ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ލޮރީގެ ފަހަތު ބައިގައި ދަގަނޑު ޖަހައި ހުރީ ބަންދުކޮށްފަަ އެވެ. އޭގެ ފަހަތުގައި ހަރުކޮށްފައި ހުރި ދޮރުގެ މަތިން ޖާލިކޮޅެއް ހުރިއިރު އެތެރޭގައި ތިބި އެއް ބަޔަކު ތިބީ ޖާލިން ބޭރަށް އަތް ދިއްކޮށްގެން ދަގަނޑުގައި ހިފަހައްޓައިގެންނެވެ.

ލޮރީގެ ފަހަތުގައި ސަފަކަށް ހަތް މީހުން ފިތިގެން ތިބިއިރު, އޭގައި ގިނަ އަދަދެއްގެ މީހުން ތިބި ކަމަށް ލަފާކުރެވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް