ޚަބަރު

ޝަރުތު ހަމަވާ ޕާޓީތަކަށް 44 މިލިއަން ދޫކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފިއެވެ. އިލެކްޝަނުން ބުނިގޮތުގައި އެ ޕާޓީތަކަށް 44 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

Ads by MWSC

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މިއަހަރަށް ދައުލަތުގެ ބަޖެޓު ފާސްކުރިއިރު ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ 6 ޕާޓީއެއްކަމަށެވެ.

އެ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، ޕީއެންސީ، އެމްޑީއޭ ގެ އިތުރުން އަދާލަތު ޕާޓީ އެވެ.

ޕާޓީތަކަށް ފައިސާ ދޫކުރި ގޮތުގެ ތަފްސީލް

  • އެމްޑީޕީ:15.1 މިލިއަން ރުފިޔާ
  • ޕީޕީއެމް: 10.4 މިލިއަން ރުފިޔާ
  • ޖޭޕީ: 5.3 މިލިއަން ރުފިޔާ
  • ޕީއެންސީ: 8 މިލިއަން ރުފިޔާ
  • އެމްޑީއޭ: 2.4 މިލިއަން ރުފިޔާ
  • އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ

މި ޕާޓީތަކަށް މިހާރު ވަނީ ފައިސާ ދޫކޮށް ނިންމާފަ އެވެ.

ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހުގެ ނިޔަލަށް އެ ޕާޓީއެއްގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. ސިޔާސީ ޕާޓީތަކަށް ދޫކުރާނީ އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ 0.01 % އަށް ވާ ފައިސާ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!