މަރުވީ ތިލަމާލެ ބްރިޖުގައި މަސައްކަތް ކުރަމުންދިޔަ މީހެއް: ފުލުހުން

އިއްޔެ މަރުވި ބިދޭސީ މީހާއަކީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެއްގައި ބުނެފައިވަނީ މަރުވީ ސިނަމާލެ ބްރިޖުގައި މަސައްކަތް ކުރަމުންދިޔަަ މީހެއް ކަމަަށެވެ. އެކަމަކު މިއަދު ފުލުހުން ބުނިީ އެއީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ބުނެފަ އެވެ.
ބްރިޖުގެ މަސައްކަތް ކުރަމުން ދިޔަ އެ ބިދޭސީ މީހާ މިދިޔަ ހޯމަ ދުވަހުގެ ރޭ އަނބުރައިގަނެގެން ޓްރީޓޮޕްއަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.
އެ މީހާ މަރުވި ސިދާ ސަބަބެއް އަދި މިހާތަނަށް އެނގިފައިނުވެ އެވެ. އެކަމަކު މަރުވި މީހާ އަކީ އިންޑިއާ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެ ބްރިޖުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން ނެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގް ކުރަމުން ނެވެ.