ސޯމާލިޔާ ބަޔަކު ތިބި ޑިންގީއެއް ނ. އަތޮޅަށް ލައްގައިފި

ސޯމާލިއާއަށް ނިސްބަތްވާ ބަޔަކު ތިބި ޑިންގީއެއް ނ. އަތޮޅަށް ލައްގައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެއްގައި ބުނީ ސޯމާލިޔާގެ ބަޔަކު ތިބި އެ ޑިންގީ ލެއްގީ ނ. އަތޮޅު ވާވައްޗަށް ކަމަށެވެ.
އަދި އެ ޑީންގީގައި އެ ގައުމަށް ނިސްބަތްވާ ތިން މީހުން ތިބި ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަްއެއް ނުކުރެ އެވެ.
ވާވައްޗަކީ ސަރުކާރުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެކެވެ.