ޚަބަރު

އިހުތިޖާޖުތަކަށް މަރުހަބާ ކިޔަން، އެކަމަކު މުދަލަށް ގެއްލުން ދޭން ޖާގައެއް ނުދޭނަން: ޝިޔާމް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ޕީއެންސީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖލްސާގައި މިނިސްޓަރު ޝިޔާމް ވާހަކަދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)

ސުލްހަވެރިކަމާ އެކު ކުރާ އިހުތިޖާޖްތަކަށް މި ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު އިހުތިޖާޖުތަކުގައި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ފުރުސަތު ނުދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ހެންވޭރުގައި ޕީއެންސީގެ އާ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ޝިޔާމް ވަނީ ދަައުލަތުން ދޭން ޖެހޭ ފައިސާ ހޯދުމަށް މަސްވެރިން ކުރަމުންދާ އިހުތިޖާޖުތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފަ އެވެ. އެގޮތުން މިހާރު އައްޑޫ ހުޅުމީދޫގެ މިފްކޯ ފެކްޓަރީގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް އިޝާރާތް ކުރައްވަމުން ޝިޔާމް ވިދާޅުވީ، މުދަލަށް ގެއްލުންދީ، އެހެން ރއްޔިތުންގެ ހައްގުތަކަށް އަރައިގަތުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"ސުލްހަވެރިކަމާ އެކު ކުރާ އިހުތިޖާޖްތަކަށް އަޅުގަނޑުމެން މަރުހަބާ ކިޔަނީ ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ހިސާބަށް އިހުތިޖާޖުތަކުގައި ދާން އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނެ. އެއީ މަސްވެރިންނަށް ކަމުގައި ވިޔަސް. އަދި އެއީ އެހެން އިހުތިޖާޖެއް ކުރާ ބައެއް ކަމުގައި ވީނަމަވެސް." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް މިގޮތަށް ވިދާޅުވިއިރު މިފްކޯ އިން ވަނީ އެ އިހުތިޖާޖުގެ ތެރެއިން އެތަނުގެ އޮޕަރޭޝަނަށް ހުރަސް އަޅައި މުވައްޒަފުންގެ ހައްގުތަކަށް އިހުތިޖާޖުގެ ބައިވެރިން އަރަމުންދާ ކަމަށް ބުނެފަ އެވެ.

އީދުގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ 90 މިލިއަނެއްހާ ރުފިޔާގެ ތެރެއިން އޭގެ ދެބައި ކުޅަ އެއްބައި މަސްވެރިންނަށް ދައްކާ ހަލާސްކޮށްފައިވާ ކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި މި ހަފްތާގައި ވެސް ކުރާނެ އެންމެ ބޮޑުު މަސައްކަތަކީ ވީހާވެސް އެ ފައިސާ ދައްކާ ހަލާސް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޖެންޑާގެ އެންމެ ކުރީގައި އޮތީ. އަޅުގަނޑުމެން މި ހަފްތާ ތެރޭގައި ވެސް ކުރާނެ އެންމެ ބޮޑު މަސައްކަތަކީ މިވަގުތު މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީހާވެސް އަވަހަކަށް ދައްކާ ހަލާސްކުރުމަށް." ޝިޔާމް ވިދާޅުވި އެވެ.

Ads by Allied Insurance
  1. މިހިސާބުން އައްޑޫ ރައްޔިތުންނަށް ކުރި އިޙުތިރާމާއި ގަދަރު ލޯބި ގެއްލިއްޖެ

  2. މުޒާހަރާ ކުރުން މައްސަލައެއްނޫން އެކަން މުދަލަށް ގެއްލުންދިނުމާއި ބައެއްގެ އަސާސީ ޙައްގުތަކަށް އަރައިގަތުން ކުއްވެރިކުރަން ބުރިޖެއްވެސް ނޫން ކަލޭމެނަށް އަޅައިދޭނީ ތިއަށްވުރެ މާރަނގަޅުވާނެ އެހެން ކަމެއް ކުރިއްޔާ ތިގޮތަށް މުޒާހަރާ ކުރަނީ އެމްޑީޕީ ޗޯރުން 2012 ގަ މުޅި ގައުމުގަ މުޒާހަރާ ކޮށް މުއައްސަސާތަކުގަ ހުޅުޖެހީ ދެވަނަ ފަހަރަށް މިކަން ކުރަން ޖާގަ ދެވިގެންނުވާ