ޚަބަރު

މެމްބަރު ނެތުމުން މަސްވެރިންނާ ގުޅޭ ކުއްލި މައްސަލަ ކުރިއަކަށް ނުގެންދެވުނު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އެމްޑީޕީގެޕީޖީން އިއްޔެ ބޭއްވި ނޫސްވެރިމްގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު (ފޮޓޯ/ މަޖިލީސް) އަހުމަދު ދީދީ

މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ހޯދައިދިނުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލަ ހުށަހެޅުއްވި މެމްބަރު ޖަލްސާކުރާ ތަޅުމުގައި ހާޒިރުވެވަޑައިނުގަންނަވާތީ އެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ނުގެންދެވުނެވެ.

Ads by STELCO

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްުޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ހޯދާދިނުމަށްޓަކައި މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުމުގެ މަޝްވަރާކުރަމުންދާކަން ހާމަކޮށްފަ އެވެ.

އެގޮތުން، މިއަދުގެ ޖަލްސާ ފައްޓަވައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކުއްލި މައްސަލައެއް ރިޔާސަތަަށް ލިބިވަޑައިގެންފައިވާކަން އިއުލާނުކުރައްވާފަ އެވެ. އެހެންނަމަވެސް އެ މައްސަލަ ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ތަޅުމުގައި ހާޒިރުވެވަޑައިނުގަންނަވާތީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

"ކުއްލި މައްސަލަ ވަޑައިގެން ތަޅުމުގައި ނެތީމަ މިވަގުތު ކުއްލި މައްސަލައާގެން ކުރިއަށް ދެވޭކަށް އަޅުގަނޑުމެންނަކަށް ނެތް." މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ކިރާ މަހަށް ފައިސާ ނުލިބޭތީ މަސްވެރިން އިހުތިޖާޖުކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. މިފްކޯއަށް މަސްވެރިން ކިރާ މިހަށް ފައިސާ ނުދައްކާތާ ދޮޅު މަހެއްހާ ދުވަސް ވަނީ ވެފަ އެވެ. އެގޮތުން، އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ ފެކްޓަރީގައި މަސްވެރިން ގެންދަނީ މުޒާހަރާ ކުރަމުން ނެވެ.

އީދުގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ 90 މިލިއަނެއްހާ ރުފިޔާގެ ތެރެއިން އޭގެ ދެބައި ކުޅަ އެއްބައި މަސްވެރިންނަށް ދައްކާ ހަލާސްކޮށްފައިވާއިރު، މި ހަފްތާގައި ކުރާނެ އެންމެ ބޮޑުު މަސައްކަތަކީ ވީހާވެސް އަވަހަކަށް އެ ފައިސާ ދައްކާ ހަލާސް ކުރުމަށް ކަމަށް ފިޝަރީސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!