ޚަބަރު

ބަކާ ނިޔާވީ މެނެންޖައިޓިސް ބަލި ޖެހިގެން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)  ނިޔާވެފައިވަނީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ މެނެންޖައިޓިސް ޖެހިގެން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by Hajj Corporation

ބަކާ ނިޔާވީ އެ ބަލީގައި ކަން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު "ދެން" އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އައިތަނާހެން ގަދަ ހުމެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ބަކާ އެޑްމިޓްކުރި އެވެ.

ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ބަކާ ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ.

ހައްޖާއި އުމްރާއަށް ދިއުމުގެ ކުރިން މެނިންގޯކޮކަލް ވެކްސިން ޖަހަން ޖެހެ އެވެ. އެއީ ވިސާ ހޯދުމަށް ސައޫދީ ސަރުކާރުން ލާޒިމްކުރާ ވެކްސިންތަކުގެ ތެރެއިން އެއް ވެކްސިނެކެވެ.

ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ދެ ސީޒަންގައި ބަކާ ކުޅެފައެއް ނުވެއެވެ. ނަމަވެސް އެވެ. ދާދި ފަހުން މާލޭގައި ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ، ސެވަން އަ ސައިޑް މުބާރާތުގައި ބަކާ ކުޅުނެވެ.

ބަކާއަކީ ރާއްޖޭން ބޭރުގެ ލީގުގައި ކުޅުނު މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކުޅެފަައެވެ. އަދި އޭނާއަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!