ބޮލީވުޑް މުނިފޫހިފިލުވުން

ލީޑުރޯލުން ޝާހިދުކަޕޫރު ފެނިގެންދާ، ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ހަމަލާއާއި ގުޅޭ ފިލްމެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

3 ނޮވެމްބަރު 1988 ގައި ދިވެހީންގެ ބަޔަކު އިސްވެ ތިބެ ތަމަޅަ ޓައިގަރުން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، އިންޑިއާއިން ރާއްޖެއަށް އެހީ ވުމަށް ހިންގިއޮރޭޝަން ކެކްޓަސްއަށް ބިނާކޮށް ބޮލީވުޑުގެ ފިލްމެއް ތައްޔާރުކުރަން ނިންމައިފިއެވެ.

Ads by MWSC

ބޮޅިވުޑު މީޑިއާ ރިޕޯޓުތަކުން ޚަބަރުތައް ލިބިފައިވާ ގޮތުގައި، މި ފިލްމުގެ ލީޑުރޯލުުން ފެނިގެންދާނީ ބޮލީވުޑް މަޝްހޫރު ތަރި ޝާހިދު ކަޕޫރެވެ. މި ފިލްމަށް ޝާހިދު މިހާރު ސޮއި ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯސް އާއި ނެޓްފްލިކްސް އިން ހަދާ ފިލްމެކެވެ. މިއީ ބޮޑު ބަޖެޓެއްގައި ތައްޔާރުކުރާ ފިލްމެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިފިލްމު ޑައިރެކްޓަރަކީ އަދިތްޔަ ނިމްބާލްކަރެވެ. އަދި މި ފިލްމަކީ އޭނަގެ ފުރަތަމަ ޑައިރެކްޝަން ކަމަށާއި، މީގެ ކުރިން "ރަންގޫން"، "ކަމީނޭ" އަދި "ހައިދަރު" ފަދަ ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އަދިއްތިޔަ ހަރަކާތްތެރިވެފައިވާ ކަމަށް މީޑިއާ ތަކުން ޚަބަރު ލިބެއެވެ.

މިފިލްމަށް ކިޔާ ނަން ފާސް ވެފައި ނުވި ނަމަވެސް މި ފިލްމުގެ ސްކްރީން ޕްލޭ ނިމި، މިހާރު މި ފިލްމު ޕޮލިޝް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް ޚަބަރުތައް ލިބެއެވެ.

މިހާރު ޝާހިދު މަސައްކަތް ކުރަމުންދާ ފިލްމުޖާޒީގެ މަސައްކަތް ނިމުނުހާ އަވަހަށް މި ފިލްމަށް ޝޫޓިން ފަށާނެ ކަމަށާއި، މި ފިލްމަށް ޝޫޓިންގ ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މި ފިލްމު ނެޓްފްލިކްސް އިންޓަނޭޝަނަލް ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ޕްރޮމޯޓްކުރާނެ އެވެ. އެގޮތުން ނެޓްފްލިކްސްއިން މިހާތަނަށް ބޮޑެތި ފިލްމުތަކުގެ ގޮތުގައި ރިލީޒްކުރި"އެކްސްޓްރެކްޝަން" ފަދަ ފިލްމުތަކަށް ދިން ވަރުގެ ސަމާލުކަމެއް ޝާހިދުގެ މި ފިލްމަށް ދޭނެކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

Ads by Ooredoo
  1. ކެރަފާ

    އ ނުބައ ބައި ކުޅޭނީ ކެރަފާ ާ ާފެމެލީ